Live 6,031 stories Updated Jul 22, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ކައުންސިލުން އިސްނަގައިގެން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ!

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން އެރަށު ހޮނިހިރު ބާޒާރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއެއް ހިނގަމުންދާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަބްދުއްރަހީމަށް ގައުމުގެ ވެރިކަން ހަވާލުކުރުމަކީ "ޑްރެކިއުލާ" އަށް ބްލަޑް ބޭންކު ހަވާލުކުރުން ކަހަލަ ކަމެއް: އާސިފް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވާ އުފެއްދެވި ޕީއެންސީއަށް ގައުމުގެ ވެރިކަން ހަވާލުކުރުމަކީ "ޑްރެކިއުލާ" އަށް ބްލަޑް ބޭންކް ހަވާލުކުރުން ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކުރައްވާ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެނެޓަރ އަދި ގާނޫނީ ވަކީލު އާދަމް…

ކަނޑުއޮތްގިރީގެ އައިސް ޕްލާންޓާ އެކު މަސްވެރިންގެ ކަންބޮޑޮވުންތައް ޙައްލުކޮށްދެވިފައި ވާކަމަށް ސަރުކާރުން ބުނިނަމަވެސް، މިފްކޯއިން ބުނަނީ އެތަނުން މަސް ނުކިރޭކަމަށް އަދި އައިސްވެސް ނުލިބޭކަމަށް!

ކަނޑުއޮތްގިރިން މިވަގުތު މަސްނުކިރޭ ކަމަށާއި، އައިސްވެސް ނުވިއްކާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑު (މިފްކޯ) އިން ބުނެފި އެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް

އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި، އެކަމުގައި އެމްޑީޕީން ކޯޓަށް ދާނެކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 160 އަށްވުރެ މައްޗަށް: މިދިޔަ ހަފުތާގައި އެކަނިވެސް 22 ކޭސް

ރާއްޖެއިން ހިމަބިހި ޖެހުނު މީހުންގެ އަދަދު 166 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި އެކަނިވެސް އަލަށް 22 މީހަކަށް މި ބަލި ޖެހިފައިވެ އެވެ.

ސަރުކާރު ކުންފުނިތަކަށް އެންމެ ފައިދާ ބޮޑުގޮތައް މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ހަމަޖައްސަން އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އެކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގައި އިތުރުގަޑީގެ ފައިސާ ދެވޭނީ ހަފްތާ އަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ވަގުތައް ކަމަށް ކަނޑައަޅަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.

ކުޅުދުއްފުށި ސްކޫލްތަކުގެ އެކްސްޓެންޝަން މަސައްކަތް: އެއްދުވަހު ގަލެއް ބަހައްޓައިފިއްޔާ އަނެއް 5 ދުވަހު މަސައްކަތެއް ނުކުރޭ!

ކުޅުދުއްފުށި ސިޓީގެ ތިން ސްކޫލެއްގައި ކުރީގެ ސަރުކާރުން ފަށާފައިވާ ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ މަސައްކަތް މި ސަރުކާރު އައިފަހުން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށާއި، އޭގެ ސަބަބުން ސްކޫލްތަކުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖ…

އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ

ވ އާރަށު މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހެކީގެ ބައިގައި، އެ ހެކިތައް އެއްފަރާތް ކުރަން ހައިކޯޓުން އެންގީ ރަނގަޅަށްކަމަށް ޙުކުމް ކުރުމާއެކު، އެ މައްސަލައިގެ އަޑުއެހުންތައް ފަށަން ކްރިމިނަލް ކޯޓުން ތައްޔާރުވެއްޖެ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް 10 މީހުން ކުރިމަތިލައިފި

ރާއްޖޭގެ ކޯޓުތަކުގެ އިދާރީ އެންމެ އިސް މަޤާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލާން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި 10 މީހަކު އެ މަޤާމަށް ކުރިމަތިލައިފި އެވެ.

Loading fresh headlines…