މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް ލިބުނު އަނިޔާތައް ސީރިއަސް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.