Live 6,053 stories Updated Jan 7, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

ތޮއްޑޫ އޮޑިޓް: ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި ވަނީ ބޮއްސުންލާފައި

އއ. ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި މާލީ ގޮތުން ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލް އިދާރާ އިން ގިނަ އަދަދެއްގެ ފައިސާ ދެމުން ގޮސްފައިވާ ކަމަށާއި އެ ކުންފުނި ވަނީ ބޮއްސުންލާފައި ކަމަށް އޮޑިޓަރ ޖެނެރަލް ގެ އޮފީހުން ބުނެފި އެވެ.

މަނަދޫ ކައުންސިލަށް މިންގަނޑަށް ނުފެތޭ ޕިކަޕެއް ސަޕްލައި ކުރި ފަރާތައް ފިޔަވަޅު އަޅަން އޮޑިޓަރ ޖެނެރަލް އަންގައިފި

ނ. މަނަދޫ ކައުންސިލުން ކޮންޓްރެކްޓަރު އަގުު ހުށައަޅާފައިވާ ސްޕެސިފިކޭޝަނަށް ނުފެތޭ ޕިކަޕެއް ބަލައިގަނެ ފައިސާ ދެއްކި ކަމަށް އެ ކައުންސިލް ގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

ތޮއްޑޫ ކައުންސިލުން 2023 ވަނަ އަހަރުގެ އީދު ފާހަގަ ކުރަން ހަވާލު ކުރި ކުންފުންޏަށް އިތުރަށް ދިން ފައިސާ ހޯދަން އޮޑިޓަރ ޖެނެރަލް އަންގައިފި

އއ. ތޮއްޑޫގައި 2023 ވަނަ އަހަރު ގެ އަޟްހާ އީދު ފާހަގަ ކުރުމަށް އެ ރަށު ކައުންސިލްގެ ބަޖެޓުގެ ބޮޑު ބައެއް ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފި އެވެ.

މި މުޖުތަމައުއިން ދޮގު ފުހެލުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ގައި ރައީސް މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ: ޝަރީފް

މި މުޖުތަމައުއިން ދޮގު ފުހެލުމަށް އޮތް ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބު ގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހުރިހާ ކެންޑިޑޭޓުންނަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މުއިއްޒު ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރައަށް މަހަކު 160 މިލިއަން ރުފިޔާ، އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ފައިސާ: ޣަފޫރު

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 160 މިލިއަން ރުފިޔާ ޚަރަދުވާ ކަމަސާ އެއީ 10 ރަށުގެ ފެނާ ނަރުދަމާ އެޅޭނެ ފައިސާ ކަމަށް އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދ…

ކުރީ ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް އަނެއްކާ ވެސް ގޮވާލައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި މާލެ ސަރަހައްދުން ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ހުރިހާ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް ފަހި ޔޫނިއަން އަދި އުތުރުތިލަފަޅު ޔޫނިއަން އިން އަނެއްކާ ވެސް ގޮވާލައިފި އެވެ.

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލަކީ، އެހެން މަޤުސަދެއް އޭގައި ހިމެނޭ ކަމެއް: ފައިސަލް

ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލުގައި އެހެން މަޤްސަދެއް ހިމެނޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ފޯމު ފުރުމަށް "މައި ޕޯޓަލް" ހުޅުވާލައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް "މައި ޕޯޓަލް" އަންގާރަ ދުވަހުން ފެށިގެން ހުޅުވާލައިފި އެވެ.

ހައްޖު ކޯޕަރޭޝަނަށް ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުގެ ދަށުން ރެސިޑެންޝިއަލް އިމާރާތެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންގާރަ ދުވަހު އިއުލާން ކޮށްފި އެވެ.

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ: އީސަ

ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ ކަމަށާއި، މި ސަރުކާރުން ކުރަން އުޅޭ ކަމެއް، ކުރާނެ ކަމަށް އަދި ހަދަން އުޅޭ ގޮތެއް އެނގޭ ދިވެހި ރައްޔިތަކު ނެތް ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ.…

އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު މަދޫރޯ ހައްޔަރު ކޮށްގެން ދިޔަ އިރު ޕުޓިން ހަނު ހުންނެވީ ކީއްވެ؟

ވެނެޒުއޭލާ ގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔަ ހާދިސާ އާ ގުޅިގެން ރަޝިޔާ ގެ ރައީސް ވުލަޑިމިއަރ ޕުޓިން ހަނު ހުންނަވަނީ ކީއްވެގެންތޯ ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި، ރަޝިޔާގެ ސޯޝަލް މީޑިއާ ގައި ވަރުގަދަ މީމް އެއް ވަނީ އާންމުވެފަ އެވެ. އެ މީމް ގައި ވަނީ "އަހަރެމެންގެ މީހުން…

Loading fresh headlines…