Live 2,253 stories Updated Dec 23, 2025
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ހިރިމަރަދޫގައި މީހުން އުޅެނިކޮށް އެރަށު ކައުންސިލް އުވާލައިފި: ގަޕޯ

ހދ. ހިރިމަރަދޫގައި މީހުން ދިރިއުޅެމުން ދަނިކޮށް، ގާނޫނުއަސާސީއާ ހިލާފަށް އެރަށު ކައުންސިލް އުވާލިކަމަށް ކަނޑައަޅާފައިވާކަމަށް، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތުހުމަތުކުރައްވައިފި އެވެ.

އަވަސް އެޕް އަދި އަމާނާ ތަކާފުލް ގުޅިގެން އަވަސް އިންޝުއަރަންސް

ކަސްޓަމަރުންގެ ދަތުރުފަތުރާބެހޭ ބޭނުންތެރި އިންޝުއަރެންސް ހިދުމަތްތައް އެއްތާކުން ލިބޭނެގޮތް ފަހިކޮށްދިނުމަށް، އަވަސް ރައިޑްގެ ފަރާތުން އަމާނަ ތަކާފުލްއާ ގުޅިގެން އަވަސް އެޕްގައި އަވަސް އިންޝުއަރެންސް ތައާރަފުކޮށްފިއެވެ.

އެންޑީއޭގެ ޗެއާޕާސަންކަމަށް ސިއްދީގު ހަމަޖައްސައިފި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ކަމުގެ މަގާމު ހުސްކޮށް އޮންނަތާ ދެ މަސްދުވަސް ފަހުން, ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު އެ މަގާމަށް އައްޔަންކޮށްފިއެވެ.

ޑްރަގާއެކު ފުލުހަކު ހައްޔަރުކުރުން: ކުށްތަކަށް އަރައިގަންނަ ފުލުހުންނަކަށް ހިދުމަތުގައި ޖާގައެއް ނޯންނާނެ

ކުށްތަކަށް އަރައިގަންނަ ފުލުހުންނަށް އެ ހިދުމަތުގައި ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން, ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އިސްމާއިލް ނަވީން ދެއްވައިފިއެވެ.

އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ "ވާނުވާ" މައްސަލަތައް މާޗްގެ ނިޔަލަށް ނިންމަނީ

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން، މައްސަލަ ނުނިމި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެންމެންގެ ޝަރީއަތްތައް އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Loading fresh headlines…