Live 13,985 stories Updated Nov 4, 2026
Showing: PSM
Browse topics PSM

PSM

Live feed

ސާފް ޗެމްޕިއަންޝިޕް: ރާއްޖެ ނޫން ހުރިހާ ގައުމެއް ޑާކާގައި

މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ދިވެހިރާއްޖެ ނޫން ހުރިހާ ގައުމެއް ބަނގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ޖަމާވެއްޖެއެވެ. މާދަމާއިން ފެށިގެން ނޮވެމްބަރު 17 އަށް ކުރިއަށްދާ މުބާރާތަށް ޑާކާ އަށް ދިޔަ ފުރަތަމަ ގައުމަކީ ބޫޓާންއެވެ. މުބާރާތުގެ ތާރީހުގައި އެންމެ ބަލި ގައުމު ޑާކާއަށް ދިޔައީ ހޯމަ ދުވަހު ހެނދުނުއެވެ. 1995 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކުރި ސްރީލަންކާ ޓީމު ޑާކާއަށް ދިޔައީ އިއްޔެ ހެނދުނެވެ. އަދި މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިޔާ އާއި މިހާތަނަށް ތަށި ހޯދިފަ…

ސާފް ޗެމްޕިއަންޝިޕް: މޮޅީ ބަނގްލަދޭޝް، އިންޑިޔާގެ އަމާޒަކީ ތަށި

މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފެވަރިޓުންނަކީ ބަނގްލަދޭޝް ކަމަށާއި ނަމަވެސް އިންޑިޔާއިން ތިބީ ތަށި ހޯދުމުގެ އަޒުމުގައި ކަމަށް ކޯޗު ނައުޝާދު މޫސާ ބުނެފިއެވެ. ރެކޯޑް އަދަދެއް ކަމަށްވާ ނުވަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިންޑިޔާއިން ދެ ވަނަ ފަންތީގެ ޓީމަކާއެކު މި ފަހަރުގެ މުބާރާތާ ކުރިމަތިލަނީ 2023 ވަނަ އަހަރު އެ ގައުމުން ހޯދި ތަށި ދިފާއު ކުރުމަށެވެ. މާދަމާއިން ފެށިގެން ނޮވެމްބަރު 17 އަށް ކުރިއަށް ގެންދާ މުބާރާތަށް އިންޑިޔާއިން އެކުލަވާލި ޓީމުގައި ގިނައިން ތިބީ 23 އަހަރުނ…

ސާފް ޗެމްޕިއަންޝިޕް: ޓިކެޓްގެ އަގުބޮޑުވުމުން މުޒާހަރާއަށް، ގޮތް ދޫކުރާނެ ބަޔަކު ނެތް

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޓިކެޓް އަގުބޮޑުވުމުގެ މައްސަލާގައި ސަޕޯޓަރުން މުޒާހަރާ ކުރަމުންދިޔަ ނަމަވެސް ސާފުން ދޫދޭން ބޭނުންނުވާކަމަށް ބުނެފިއެވެ. މާދަމާއިން ފެށިން މި މަހުގެ 17 އަށް ބަނގްލަދޭޝްގައި ބާއްވާ މުބާރާތުގައި ޓިކެޓް ވިއްކަން ހަމަޖައްސާފައިވަނީ އެއް ދުވަހެއްގައި ކުޅޭ ދެ މެޗަށް ގަނޑުކޮށެވެ. އެންމެ އާދައިގެ ޓިކެޓެއްގެ އަގަކީ މެޗަކަށް 500 ޓަކާ (ފަސްދޮޅަސް ދެ ރުފިޔާ އަށާވީސް ލާރި) އެވެ. ނަމަވެސް ސަޕޯޓަރުންގެ ކަންބޮޑުވުމަކީ ވަކިވަކިން މެޗުތަކަށް ނުވިއްކައި ދެ މެޗަށް 1000 ޓަކާ އަ…

ވާރޭނުވެހި ފެން ނުލިބޭތީ، އިންޑިއާގެ ދަނޑުވެރިންނަށް ގިނަ ގޮންޖެހުންތަކެއް

އިންޑިއާގެ ދަނޑުވެރިއެއް ކަމަށްވާ އަމަރްސިންހު ގުޝިންގެ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އޭނާގެ ދަނޑުގައި ސަނާމުގާއި ގޮދަން އިންދުމަށް ބޭނުންވެއެވެ. އެއީ މި ވަގުތު ބާޒާރުގައި ރަނގަޅު އަގުގައި އެ ތަކެެތި ވިކޭތީއެވެ. ނަމަވެސް އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ މަދުން ވާރޭ ވެހޭ ދުވަސްވަރެއްގައި ފެން ލިބުމަށް ދަތިވުމުގެ ސަބަބުން ގުޝިންގެއަށް ވަނީ އެ ކަން ނުުރެވިފައެވެ. ފިނި މޫސުމަށް ދަނޑު ހެއްދުމަށް ދަނޑުވެރިން ތައްޔާރުވަމުންދާއިރު، ގުޝިންގެއެކޭ އެއްގޮތަށް އިންޑިއާގެ ދެކުނާއި ހުޅަނގުގެ ސަރަޙައްދ…

ބާސެލޯނާ އަތުން އެސްޓަން ވިލާ ބަލިވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަން ވިލާ އާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެއެވެ. މި މެޗުން އެސްޓަން ވިލާ ބަލިވުމާއެކު މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. ބާސެލޯނާ އަށް 4 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާޥަލުގެ ދެވަނައިގައި އޮތްއިރު އެސްޓަން ވިލާއަށް ލިބިފައިވާ 9 ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގައެވެ. ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ސްޓޭޑިއަމްގައި 52 ހާހަށްވުރެ ގިނަ މީހުންގ…

ފެނަބާޗޭ މެޗުން މޮޅުވުމަށް ލިވަޕޫލްގެ ފެށުން ރަނގަޅު ކުރަންޖެހޭ: އިރައޯލާ

ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިރޭ ފެނަބާޗޭ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުން ނަތީޖާއެއް ނެރޭނަމަ ލިވަޕޫލުން އެޓީމުގެ ފެށުން ރަނގަޅު ކުރުން ވަރަށް މުހިންމު ކަމުގައި އެޓީމުގެ ކޯޗު އެންޑޯނީ އިރައޯލާ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ މިމެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އިރައޯލާ ބުނީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ހޯދި ތާރީހީ ކާމިޔާބީއަށް ފަހު ތުރުކީޔޭގެ އިސްތަންބޫލަކީ ލިވަޕޫލަށް ވަރަށް ހާއްސަ ސިޓީއެއް ކަމަށެވެ. ނަމަވެސް ތުރުކީޔޭ…

ޕެރިސް މާސްޓަރސްގެ ދެވަނަ ބުރުން ޖޯކޮވިޗް ޖާގަ ހޯދައިފި

ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ ޕެރިސް މާސްޓަރސް ޓެނިސް މުބާރާތުގެ ދެވަނަ ބުރުން މިމުބާރާތުގައި 10 ވަނައަށް ސީޑު ކުރެވިފައިވާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް ޖާގަހޯދާ ސީޒަން ނިންމާ އޭޓީޕީ ފައިނަލްސްއިން ޖާގައެއް ހޯދުމަށް ކުރާ އުންމީދު އާކޮށްފިއެވެ. މިމުބާރާތުގެ ދެވަނަ ބުރުން ޖޯކޮވިޗް ޖާގަހޯދީ ފުރަތަމަ ބުރުގައި ޕޯލަންޑްގެ ވެލެންޓިން ވަޗެރޮޓް އާއި ބައްދަލުކުރި މެޗު 2-1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފެށުނީ ޖޯކޮވިޗް އެންމެ ބޭނުންވިގޮތަކަށް ނޫނެވެ. މިގޮތުން ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސ…

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން، ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފު، ބައިވެރިވެވަޑައިގެންފިއެވެ. އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ މި ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ޤައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި، އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާއި ކޮމަނ…

"މިނިވަންކަން ކަށަވަރުކޮށް، ތަރައްގީގެ އިންޤިލާބީ ބަދަލުތަކާއި ކުރިމަތިލާންޖެހޭ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުނުކުރާ އަދި ގައުމުގެ ސިޔާދަތަށް އުނިކަން ނާންނާނެ ގޮތަށް، މުޅި ޤައުމުގެ މާލިއްޔަތަށް ފައިދާކުރާނެފަދަ އިންގިލާބީ ބަދަލުތަކާ ކުރިމަތިލާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މާޒީން ފިލާވަޅުތައް ނަގައި، ޤައުމު ކުރިއެރުވުމަށް ކާބަފައިން ދެކުނު ހުވަފެންތައް ޙަގީގަތަކަށް ހެދުމުގެ މުހިންމުކަމުގެ މައްޗ…

ޔަހޫދީ އަސްކަރީއަށް އެމެރިކާއިން ދެމުންދާ މާލީ އެހީތެރިކަން ހުއްޓައިލަނީ

ޔަހޫދީންގެ ދިފާޢީ ދާއިރާއަށް އެމެރިކާއިން ދެމުންދާ 4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން މި އަހަރު ނިމުމުން ދިނުން ހުއްޓައިލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ދެމުންދާ މާލީ އެހީތެރިކަން ހުއްޓައިލުމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު އެއްބަސްވުމަކާ ހަމައަށް މިހާރު އައިސްފައިވާ ކަމަށެވެ. އޭނާ އެ ވިދާޅުވަނީ ކޮން ކަމަކާ ގުޅިގެން ދޭ އެހީތެރިކަމެއް ހުއްޓައިލާ ވާހަަކައެއް ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އޭގ…

ރަޝިއާއިން ޔޫކްރެއިންގެ އިމާރާތަކަށް ދިން ހަމަލާއެއްގައި 33 މަރު

ރަޝިއާއިން ޔޫކްރެއިންގެ އިމާރާތާކަށް ބޮން އެޅުމުގެ ސަބަބުން އާންމުންގެ އެތައް ބަޔަކު މަރުވެއްޖެއެވެ. ރަޝިއާއިން ބޮން އަޅާފައި ވަނީ ޒަޕޮރީޖާ ސަރަޙައްދުގެ ކޮމީޝުާވާގައި ހުންނަ މީގެ ކުރިން މަދަރުސާއެއްގެ ގޮތުގައި ބޭނުންކޮށްފައިވާ އިމާރާތަކަށެވެ. އެ އިމާރާތަށް ނުވަ ބޮން ވައްޓާލާފައިވާއިރު، މިހާތަނަށް 33 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެ އިމާރާތުގެ ތެރޭގައި ތިބި އިތުރު 50 މީހުންނަށް ވީނުވީއެއް އަދި ނޭނގެއެވެ. އެ ސަރަހައްދުގެ ގަވަރުނަރު މައިޚައިލޯ ސެމިިކިން ވިދާޅުވީ އެ އިމާރާތް ބޭނުން …

"ރައީސްގެ ދިފާޢީ ސިޔާސަތަކީ ބޭރުގެ ބަޔަކަށް ބަރޯސާނުވުން"

ރައީސްގެ ދިފާޢީ ސިޔާސަތަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ބޭރުގެ ބަޔަކަށް ބަރޯސާނުވެ އަމިއްލައަަށް ދިފާޢުކޮށް ދެމެހެއްޓުންކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ. ވަޒިރު މިފަދައިން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވމުންނެވެ. މި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ޙަސަން ރަޝީދު ވަނީ ދުނިޔޭގެ ސަލާމަތީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވާ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާންޖެހޭ ނުރައްކާތައް ގިނަކަމަށް ވިދ…

Loading fresh headlines…