Live 6,031 stories Updated Jul 29, 2026
Showing: RaajjeTV
Browse topics RaajjeTV

RaajjeTV

Live feed

އެމްޕީއެލްގެ ހިންގުން ދަނީ ހުއްޓެމުން، ޕޯޓް އޮޕަރޭޓް ކުރާނެ ފައިސާ އެތަނުގައި ނެތް: އެމްޑީޕީ

ދިވެހިރާއްޖޭގެ އިގްތިސާގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މުއައްސަސާ ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިންގުން ހުއްޓި، މުދާ ބޭލުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ރާއްޖެ އަންނަ ބޯޓުފަހަރަށް ބަނދަރުގެ ކީ-ވޯލްތަކުގެ ފެންވަރު ހުރިގޮތުން ކްރޭންތަކަށް ނޭރޭ މައްސަލަ ވަރަށް ބޮޑު: އެމްޑީޕީ

ރާއްޖޭގެ ބަނދަރުތަކަށް މުދާ ބޭލުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، ރާއްޖެ އަންނަ ބޯޓުފަހަރަށް ބަނދަރުގެ ކީ-ވޯލް ތަކުގެ ފެންވަރު ހުރިގޮތުން ކްރޭންތަކަށް ނޭރޭ މައްސަލަ ވަރަށް ބޮޑު ކަމަށް އެމްޑީޕީން ބުނެފި އެވެ.

ކުންފުނިތަކަށް ނުކަތާވަރަށް މުވައްޒަފުން އިތުރުކުރީ ޕީއެންސީން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދުމަށް ނަމަވެސް މިއަދު ރައްޔިތުން ބިކަކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ނާޒިލް

ސަރުކާރު ކުންފުނިތަކަށް ނުކަތާވަރަށް މުވައްޒަފުން އިތުރުކުރީ ޕީއެންސީން ރައްޔިތުން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދުމަށް ކަމަށާއި، އެ މަސައްކަތް ކާމިޔާބުވުމުން، ވަޒީފާގެ ޔަގީންކަން ދީފައިވާ ރައްޔިތުން މިއަދު ބިކަކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ…

ނާލާފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުން ނަޖިސް ފެނުން ތާހިރުވާންޖެހޭ ހިސާބުގައި އޮތުމުން ރައީސަށް އާދޭހެއް!

މ. ނާލާފުށީގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ލަސްވެފައިވާތީ ރައްޔިތުން ނަޖިސް ފެނުން ތާހިރުވެގެން ތިބެންޖެހޭ ޙާލަތުގައި ތިބިކަމަށާއި، މި މައްސަލަ ހައްލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އާދޭހާއެކު ގޮވާލާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގުގެ ރެސިސްޓަންސް ގްރޫޕްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި؛ މަދުވެގެން 20 މީހުން މަރުވެއްޖެ

އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން، އިރާގުގެ "ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް" (ޕީ.އެމް.ޔޫ) ނުވަތަ "ހަޝްދު އައްޝައުބީ" ގެ ބައެއް މަރުކަޒުތަކަށާއި ހަތިޔާރު ގުދަންތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

ރާއްޖޭގައި ޑޮލަރުގެ އަގު ދަށަކަށް ނުދާނެ ކަމަށާއި، އެއީ ސަރުކާރަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.

"ބިޔޯން އަގެއިން" ގެ ޝޯ މަނާކުރުމުން ރައީސް ނަޝީދުގެ ކަންބޮޑުވުން: ޒުވާނުން އެދޭ ކަންކަން ކުރެވެން ޖެހޭނެ!

މަޝްހޫރު މިއުޒިކް ބޭންޑް "ބިޔޯން އަގެއިން" އިން ބުރާސްފަތި ދުވަހު ބޭއްވުމަށް ތައްޔާރުވި ޝޯ ސަރުކާރުން މަނާކުރުމާ ގުޅިގެން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް 2 މެންބަރުން އިތުރު ކުރުމަށް ގާނޫނަށް އިސްލާހެއް

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސޯޝަލް ސެންޓަރުގައި ބާއްވަން ހަމަޖެއްސި "ބިޔޯން އެގެއިން" ކޮންސެޓް ކެންސަލްކޮށްފި

ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ބިޔޯން އެގެއިން އެބާ ފޮރެވަރ" ކޮންސެޓް ކެންސަލްކުރަން ޖެހުމާ ގުޅިގެން އެ އިވެންޓް އިންތިޒާމުކުރާ އޫބާ އިވެންޓްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އައްޑޫގެ 100 ހެކްޓަރުގެ ބިން ސަރުކާރުގެ ބާރުގެ ދަށުގައި އޮތުމުން މަހަކު 10 މިލިއަން ރުފިޔާގެ ގެއްލުން!

އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ ބިންތަކެއް މައި ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައި އޮތުމުގެ ސަބަބުން، އައްޑޫގެ ރައްޔިތުންނަށް މަހެއްގެ މައްޗަށް އެތައް މިލިއަން ރުފިޔާގެ އާމްދަނީއެއް ގެއްލެމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.

މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު މީހުން ވަޒީފާ އިން ކަނޑާކަމަށް ބުނާ މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި!

ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާއި މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރުގައި ހިފެހެއްޓުމަށް މުވައްޒަފުން މަދުކުރުމަށް ނިވައިފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާ އިން ވަކިކުރަމުންދާ ކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިނުގ…

Loading fresh headlines…