ވާނުވާ ބަންދަކީ ރައްޔިތުން ނިޒާމުން ގެއްލުވާލުމަށް ސަރުކާރުން ބޭނުންކުރާ ޓޫލެއް: ޝެއިޚް އިޔާޒް
ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ވާނުވާ ބަންދަކީ، ސަރުކާރުން އާއްމު ރައްޔިތުން ނިޒާމުން ގެއްލުވާލަން ބޭނުންކުރާ ޓޫލް އެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ޝެއިޚް އިޔާޒް ވިދާޅުވީ ވާނުވާ ބަންދަކީ ސަރުކާރުން އެމީހަކު ނިޒާމުން ގެއްލުވާލަން ބޭނުންކުރާ ޓޫލެއްކަން، "ވާނުވާ" ގެ ތާރީހަށް ބެލީމަ ވަރަށް ރަނގަޅަށް އެނގިގެން ދާނެ ކަމަށެވެ. އިޔާޒް ފާހަގަކުރެއްވި ގޮތުގައި މި ނިޒާމުގެ ދަށުން އަހަރު ދެއަހަރުވާއިރު ޝަރީޢަތުގެ އަޑުއެހ…