Live 4,871 stories Updated Jun 10, 2026
Showing: VNEWS
Browse topics VNEWS

VNEWS

Live feed

ސްކޭމްގެ 2700 މައްސަލަ، 33 މިލިއަން ރުފިޔާ ގެއްލުނު!

މިދިޔަ އަހަރުގެ މާޗު މަހު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު އުފެއްދި ފަހުން މިހާތަނަށް އެ ސެންޓަރަށް ސްކޭމްގެ 2700 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް، ހެޑް އޮފް އެންޓި ސްކޭމް ސެންޓަރ، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެއްޖެ އެވެ.

ޝަމްއާން ފްރޭމްކުރަންޖެހޭ ސަބަބެއް ނެތް، އެއީ ކަނޑައެޅިގެން ދޮގެއް: އޭޖީ

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ފްރޭމްކުރަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށް ނޯންނާނެ ކަމަށާއި، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ކަމެއް ނޫން ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަގުވާމީ އިޝްތިހާރު ތައްޔާރުކުރުމުގެ މުބާރާތެއް

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ "ޓުގެދަރ އެގައިންސް ކޮރަޕްޝަން" ގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ހުޅުވާލައިފިއެވެ.

2025 ވަނަ އަހަރު ވިޒިޓް މޯލްޑިވްސް އަށް ރެކޯޑު އާމްދަނީއެއް

ވިިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ އަހަރީ އާންމު ޖަލްސާ ބާއްވައި، 2025 ވަނަ އަހަރަކީ ފާއިތުވި އަށް އަހަރުގެ ތެރޭގައި އެ ކުންފުންޏަށް މާލީ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރުގެ ގޮތުގައި ފާހަގަކޮށްފިއެވެ.

ފިލިޕީންސްއަށް އައި ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

އިއްޔެ ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އައި ބިންހެލުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް، ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ފަސް އިންސައްތަ ދަށަށް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފަސް އިންސައްތަ ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެނަކައިގެ ޕްރޮކިއުމެންޓް ޕޮލިސީއަށް ބަދަލުތަކެއް

ފެނަކައަށް ބޭނުންވާ ސާމާނު ހޯދުމުގައި މީގެ ކުރިން ހަދާފައިވާ ގޯސްތައް ތަކުރާރުވިޔަނުދީ، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން އެކަންކަން ކުރިއަށްގެންދިއުމަށް އެ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް ޕޮލިސީއަށް ބަދަލުތަކެއް ގެނެސްފިއެވެ.

Loading fresh headlines…