ޓެކްސް ނުދައްކާ ފަރާތްތަކާ މެދު އުސޫލުގެ ތެރެއިން އަންނަނީ ފިޔަވަޅު އަޅަމުން: މީރާ
ޓެކްސް ނުދައްކާ ފަރާތްތަކާއި މެދު މީރާއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަމުންދާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ. މީރާއިން ވިދާޅުވީ ޓެކްސް ނިޒާމުގެ ކަންކަން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ކުރިއަށް ގެންދާ ކަމަށެވެ. މީރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން އެއިދާރާއާއި މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުމާއި ޤާނޫނީ ގޮތުން ދައުލަތަށް ނަގާ…